
"ހާލު ކިހިނެއް؟” ޕްރޮގްރާމްގެ ތެރެއިން ދިއްފުށީގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފި
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ-
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން ކ ދިއްފުށީގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފި އެވެ.

އެވުޒާރާއިން މިއަދު ބުނީ މާލެ އަތޮޅުގެ މި ޒިޔާރަތްތަކުގެ ތެރެއިން މިހާތަނަށް ވަނީ ގާފަރު، ކާށިދޫ، އަދި ދިއްފުށީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެވި، އެފަރާތްތަކުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ކ އަތޮޅުގެ ޒިޔާރާތްތައް ރަސްމީކޮށް ފެށީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް ދައުލަތުގެ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް މީހަކު ހަވާސާނުވެ ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން 11000 އަށްވުރެ ގިނަ ގޭބީސީއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ.
ގުޅުންހުރި

އެން.އޭ.ޕީ.ޑީ.އައިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއް

ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފާހަގަކުރެވޭ!

އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
