
އިހުސާސްތައް ހިއްސާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އިސްރަށްވެހިންނަށް މައުލޫމާތުދީފި
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
އިހުސާސްތައް ހިއްސާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި ޖުމްލަ 45 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. މިއީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް މިއަހަރު ބޭއްވި ފުރަތަމަ ސެޝަނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު އަދި ނުވެންބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.
މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

އެން.އޭ.ޕީ.ޑީ.އައިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއް

ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފާހަގަކުރެވޭ!
