logoEN
Sto top
އިންޑިއާ ސަރުކާރުގެ އިސްވެރިންތަކެއް ތިލަމާލެ ބްރިޖް ސައިޓަށް ޒިޔާރަތްކުރައްވައިފި

އިންޑިއާ ސަރުކާރުގެ އިސްވެރިންތަކެއް ތިލަމާލެ ބްރިޖް ސައިޓަށް ޒިޔާރަތްކުރައްވައިފި

އަހުމަދު ޝުރާއު

logo

2/2/2025, 6:21:23 AM

# ރާއްޖެ-އިންޑިއާ

--

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއާއި ބެހޭ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިސް ސުޖާ ކޭ. މެނޮން މިއަދު އެމްޓީއެލް ބްރިޖް ސައިޓަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

Wamco

މި ޒިޔާރަތުގައި މިސް މެނޮންއާއެކު މިމިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީ އަދި ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުގައި އެމްޓީއެލް ބްރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމުގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

މި ޒިޔާރަތުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން، އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އަފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީއެލް ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ. މި ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside