
މިޔަރާއި މަޑިމަސް ވަގަށް ބޭރުކުރަން އުޅުނީ ދަ ކްރިސްޓަލް ކޮންޕެނީ ކިޔާ ކުންފުންޏަކުން!
# ކަސްޓަމްސް ސާވިސަސްފޮޓޯ : ކަސްޓަމްސް
ރާއްޖެއިން ބޭރުކުރަން އުޅުނިކޮށް އަތުލައިގަނެ މިދިޔަ މަހުގެ ތެރޭގައި ނައްތާލި ބައި ޓަނުގެ މިޔަރު މަހާއި މަޑިމަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ކަސްޓަމްސްއިން ހާމަކޮށްފި އެވެ.

ކަސްޓަމްސްއިން މި ތަކެތި ބޭރުކުރަން އުޅުނު ކުންފުނީގެ ނަން މިރޭ ހާމަކޮށްފައިމިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރާއްޖޭހެ ނޫހެއް ކަމަށްވާ "މިހާރު" ނޫހުން އެއިދާރާއަށް މި މައްސަލައާއި ގުޅިގެން ފޮނުވި އާރްޓީއައިތަކަށް ދިން ޖަވާބުގައި އެކުންފުނީގެ ނަން ހާމަނުކުރެވޭނެކަން އަންގާފައި ވަނިކޮށެވެ. އެގޮތުން މިހާރު ނޫހުގެ އާރްޓީއައިއަށް ކަސްޓަމްސްއިން ދިން ޖަވާބުގައި ބުނެފައިވަނީ ރާއްޖެއިން 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ސިއްރުކުރީ އެއީ މިވަގުތު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.
ނަމަވެސް މިރޭ އެކްސްގައި ކަސްޓްމްސްއިން ކުރި ޕޯސްޓެއްގައި ވަނީ މި މައްސަލައާއި ގުޅޭ ބައެއް ތަފްސީލްތައް ހާމަކޮށްފައި އެވެ. އެގޮތުން ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު (ޖުމުލަ 582 ކިލޯ) ފެނިފައިވާ މައްސަލައެއް އެ ސަރވިސްއިން މިހާރުވެސް ތަހްގީގްކުރަމުންދާ ކަމަށެވެ.
އެގޮތުން މިކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ތަކެތި ވަނީ ނައްތާލާފައި ކަމަށް ކަސްޓަމްސްއިން މިރޭ ބުންޏެވެ.
މިތަކެތި ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ހާމަކޮށް ކަސްޓަމްސްއިން ބުނީ މި ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ.
ގުޅުންހުރި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި

ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
