![ހޯރަފުށީގައި ޤާއިމްކުރި ހާފްވޭ ހައުސް ހުޅުވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F475483689_1004804008351503_6335440407661830623_n-1738213037492.webp&w=3840&q=75)
--
ހއ. ހޯރަފުށިގައި ޤާއިމްކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މި ހާފްވޭ ހައުސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. އަދި އަރިހުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ބައިވެރިވެވަޑައިގަތެވެ.
ހޯރަފުށީގަ މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ހާފްވޭ ހައުސްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ޑިޕާޓްމެންޓް އޮފް ޖުވަނަލް ޖަސްޓިސްގެ ދިދަ ނަންގަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ.
ހާފްވޭ ހައުސް ހުޅުއްވައިދެއްވާ ރައީސް ވަނީ އެ ތަން ބައްލައްވާލައްވާފައެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ހޯރަފުށީގައި ގާއިމުކުރި މި ހާފްވޭ ހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. މި ހާފްވޭ ހައުސް ބަލަހައްޓާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާ ތަނެކެވެ.
ހޯރަފުށީގެ ހާފްވޭ ހައުސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 6.1 މިލިއަން ރުފިޔާއަށެވެ.
ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެއެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ.
ކުށަށް ހުށަހެޅޭ ކުދިން އަނބުރާ މުޖުތަމަޢަަށް ހެޔޮ ގޮތުގައި ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ހެދުމަކީ މެންޑޭޓުގައި ހިމެނޭ ކަމަކަށްވުމުން ދިރާސާ ހެދުމުގެ މަސައްކަތްވެސް ޑީޖޭޖޭ އިން މިހާރު އަންނަނީ ކުރަމުންނެވެ.
ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް ފަށާނީ ފަންޑް ހަމަޖެހުމުން ކަމަށާއި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި މަސައްކަތްކޮށް ނިންމާލާނީ ފޮނި ނަތީޖާއާއެކުގައި ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަދި މި ރަށުގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދިނުމަށް ނިންމާފަވާއިރު ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގްރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގްރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޖިނާޢީ ކުށެއް ކޮށްގެން ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މިއަދު ހޯރަފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ޑެޕިއުޓީ މިނިސްޓަރ ހަސަން ވަޙީދުގެ އިތުުރުން ޑިޕާޓްމެންޓް އޮފް ޖުވަނަލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް އަދި މުވައްޒަފުންނާއި ހޯރަފުށީ ކައުންސިލްގެ މުވަައްޒަފުންނާއި މުޢައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެތެވެ.
ގުޅުންހުރި
![އޮޕަރޭޝަން ކުރަނގީގެ ޚާއްސަ މަސައްކަތްތަކެއް މިއަދު ހަވީރު ރެހެންދި ސްކޫލުގަ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FWhatsApp%20Image%202025-02-05%20at%2013.16.37-1738743422238.webp&w=3840&q=75)
އޮޕަރޭޝަން ކުރަނގީގެ ޚާއްސަ މަސައްކަތްތަކެއް މިއަދު ހަވީރު ރެހެންދި ސްކޫލުގަ
![ގްރޭޓަރ މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މަހުގެ 15 ގެ ކުރިން އަޕްޑޭޓްކުރުމަށް އަންގައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2Fe4cff236-9694-47d4-a26f-ca9b25985007-1719569190620-1729062150033-1729608691799-1737184357120.webp&w=3840&q=75)
ގްރޭޓަރ މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މަހުގެ 15 ގެ ކުރިން އަޕްޑޭޓްކުރުމަށް އަންގައިފި
![ހޯރަފުށީގައި ޤާއިމްކުރި ހާފްވޭ ހައުސް ހުޅުވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F475483689_1004804008351503_6335440407661830623_n-1738213037492.webp&w=3840&q=75)
ހޯރަފުށީގައި ޤާއިމްކުރި ހާފްވޭ ހައުސް ހުޅުވައިފި
![މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F473420650_939866414945727_8371355543793436453_n-1737186902423.webp&w=3840&q=75)