logoEN
Sto top
ފޮރިން މިނިސްޓަރު ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް!

ފޮރިން މިނިސްޓަރު ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް!

އަހުމަދު ޝުރާއު

logo

1/28/2025, 5:43:55 PM

# ޑރ އަބްދުالله ހަލީލް# ފޮރިން މިނިސްޓްރީ

--

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުالله ހަލީލް ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

Wamco

ހަލީލް ސައުދީއަށް ފުރާ ވަޑައިގެންނެވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި އެވެ.

އެގޮތުން ފުރާ ވަޑައިގަތުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މި ދަތުރުރުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ހިޒް ހައިނެސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދާއި، އެގައުމުގެ ސަރުކާރުގެ އެހެނިހެން ޢިއްޒަތްތެރިންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ގުޅުން ބަދަހިކުރެވޭނެ އާ މަގުތައް ދެނެގަތުމުގެ މަޤްޞަދުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.

View post on Twitter

މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު ކަމަށާއި ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ހަލީލް ސައުދީއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. އެގޮތުން އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވިއެކްސްޓްރާ އޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓާއި އެ ސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside