
މިފްކޯ މެދުވެރިކޮށް ބޭރު ފައިސާ މިހާރު ދަނީ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަމުން : ޝިޔާމް
# އަހުމަދު ޝިޔާމް--
މަސްވެރިންނަށް ފައިސާ ދިނުމުގައި މިހާރު ޤާއިމްކޮށްފައިވަނީ ދެމެހެއްޓެނިވި ނިޒާމެއް ކަމަށާއި، މިފްކޯ މެދުވެރިކޮށް ބޭރު ފައިސާ މިހާރު ބޭންކިންގ ނިޒާމުގެ ތެރެއަށް ވައްދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކުރިއަށްދާއިރު މިކަން ދެމެެހެއްޓެނިވި ގޮތެއްގައި ކުރުމަށް، ސަރުކާރުން ރަނގަޅު އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި މިހާރު އަންނަނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދެމުންކަން ވަޒީރުވަނީ ފާހަގަކުރައްވައިފައެވެ.
މިފްކޯއަކީ ދިވެހި ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވައްދާ ކުންފުނިތަކުން ކުންފުންޏެއް. މަސްވެރިކަން ރަނގަޅުވީމަ ބޭރުފައިސާ ވަންނަވަރު އިންތިހާއަށް ރަނގަޅު އެބަވޭ. މިފްކޯގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އަޅުގަނޑުވެސް ވަރަށް ގާތުން ބަލަމުން މިދަނީ. މީގެ ތެރެއިން މިފްކޯއަށް ވަންނަ ބޭރުފައިސާ އާންމުންނަށްވެސް ލިބޭނެ އިންތިޒާމެއް އެބައޮތް ހަމަޖެހިފައި. އެއީ ބީއެމްއެލްއަށް މި ފައިސާ މާރުވާނެ މެކޭނިޒަމްތަކެއް މިހާރު އެބައޮތް. " ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ ކުރިން މިފްކޯއިން ރާއްޖެއިން ބޭރުކުރާ މަހަށް ލިބޭ ބޭރު ފައިސާ މާރުކުރަމުން ދިޔައީ ޕެރެލަލް މާކެޓުގައެވެ. ނަމަވެސް މިހާރު އެފައިސާ ސީދާ ވައްދަމުން ދަނީ ބޭންކަށެވެ.
މިފްކޯއަށް މެދުވެރިކޮށް ބޭރުފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވައްދާ ގޮތަށް ހަމަޖެހިގެން ދިޔައީ، މިފްކޯއާއި، ބީއެމްއެލް އަދި މާލީ ވުޒާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިންނެވެ.
ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް އަށާއި، އެ ބޭންކުގެ ކަސްޓަމަރުންނަށް އަދި މަސްވެރިންނަށްވެސް ފައިދާ ވެގެންދާ ކަމަށެވެ.
ގުޅުންހުރި

ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށޭނެ - ޝިޔާމް

ބަރާބަރަށް ފައިސާ ދެވެން ފެށުމާއެކު ޒުވާނުން މަޑުމަޑުން ދޯނިތަކަށް އަރަން ފަށައިފި: ޝިޔާމް

މަސްވެރި ސިނާއަތަކީ އިންވެސްޓަރުންނަށް ފަހި ސިނާއަތަކަށް ހެދިއްޖެ
