
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.

އަދި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ.
ފައިސަލް ވަކިކޮށްފައި މި ވަނީ ރާއްޖެ އިން ބޭރަށް ރަސްމީ ދަތުރުތައް ވެސް ކުރެއްވުން ހުއްޓަވާލައްވަން މިދިޔަ ހަފުތާގެ ތެރޭގައި ރައީސް އޮފީހުން އަންގާފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
ފައިސަލް އަކީ ރައީސް މުއިއްޒު އާއި އެންމެ އަރިސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުންނެވެ. މިފަދަ ކަމެއް ސަރުކާރުން ކުރި އިރު އަބްދުއްރަހީމް އާއި ރައީސް މުއިއްޒުގެ ގުޅުން ހީނަރުވެފައިވާކަމަށް ބައެއް ފަރާތްތަކުން ދިޔައީ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ބުނަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ..