
ކައުންސިލްތަކަށް ފަޅުރަށް ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅުން - އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު# ރައީސް މުއިއްޒު--
ވަރަށް ގިނަ ގޮންޖެހުންތަކާ އެކުވެސް އުޞޫލެއް ހަމަޖައްސަވައި، ކައުންސިލްތަކަށް ފަޅުރަށް ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި މިންނަތް މަސައްކަތްޕުޅުތަކެއްގެ ސަބަބުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި، ސިޓީސް މިނިސްޓްރީ ގުޅިގެން މިއަދު ހެނދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޕްރޮޕޯސަލް ހުށަހަޅުއްވައި ފަޅުރަށް ހޯއްދެވި މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލަށާއި، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށާއި އަދި ހައްދުންމަތީ މާވަށު ކައުންސިލަށް މަރުޙަބާ ދެންނެވިއެވެ. އަދި ފަޅުރަށް ލިބުނު ކައުންސިލްތަކުން އެ ކައުންސިލްތަކާ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި، އެ ރަށްރަށުގެ ބޭނުން ހިފުމަކީ، ސަރުކާރުގެ ފަރާތުން ކުރައްވާ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރުދެއްކެވި ވާހަކަފުޅުގައި، އެ މަސައްކަތް ކުރެވުނު ގޮތުގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ ފަޅުރަށް ޙަވާލުކުރުމުގެ މަސައްކަތް ކުރެވުނީ ރައީސް އޮފީހާއި، މިހާރު ފިނޭންސް މިނިސްޓްރީއާއި، ކުރިން ހައުސިންގ މިނިސްޓްރީއާއި އަދި ސިޓީސް މިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި އެ ކަމާ ގުޅިގެން ކުރަންޖެހުނު އެންމެހައި އިދާރީ މަސައްކަތްކުރެއްވި ވުޒާރާގެ އެންމެހައި މުވައްޒަފުންނަށާއި، ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވި ކޮމެޓީގެ އެންމެހައި މެންބަރުން ދެ ވުޒާރާގެ ނަމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ޝުކުރު އަދާކުރެއްވިއެވެ.
މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރެވިގެން ދިޔުމަކީ ލާމަރުކަޒީ ނިޒާމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް 5 ރަށެއް ހޯދުމަށް 3 ކައުންސިލަކުން ވުޒާރާއަށް ހުށަހަޅައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅުންހުރި

ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ރައީސް ހިތްވަރުދެއްވައިފި

ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ޢިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް - ރައީސް

މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" - ރައީސް
