
"ޙާލު ކިހިނެއް؟" ޕްރޮގްރާމު: ގާފަރުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފި
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
"ޙާލު ކިހިނެއް؟" ޕްރޮގްރާމު މާލެ އަތޮޅުގައި ފަށައިފި - ގާފަރުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމު ކ އަތޮޅުގައި ފަށައިފިއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކ އަތޮޅުގެ ހުރިހާ ރަށެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، އެންމެ ފުރަތަމަ މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ކ ގާފަރުގައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ގާފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްވަރާކޮށްފައެވެ. އަދި ގުޅިގެން މި ޕްރޮގްރާމު އެ ރަށުގައި ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލާފައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ގާފަރުގައި މީހުން ދިރިއުޅޭ 162 ގެއަށް (މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް) ޒިޔާރަތްކޮށް ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް ދައުލަތުގެ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް މީހަކު ހަވާސާނުވެ ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން 11000 އަށްވުރެ ގިނަ ގޭބީސީއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

އެން.އޭ.ޕީ.ޑީ.އައިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއް

ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފާހަގަކުރެވޭ!
