logoEN
Sto top
ދިއްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް ނިމިއްޖެ

ދިއްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

1/27/2025, 3:47:00 PM

# އާރްޑީސީ

--

ހއ. ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ 54 އިން ސައްތަ މަސައްކަތް ނިމިއްޖެ އެވެ.

Wamco

މި މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށްވާ އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑީއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ ދިއްދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އެކޯޕަރޭޝަނުން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމަށާއި ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް މި މަޝްރޫޢޫގެ މަސައްކަތް އޮތީ މަޑު ޖެހިފައި ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ހިންގޭ މަޝްޜޫޢުތަކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދިޔުމަށް ޚާއްސަ އިސްކަމެއް ދީގެން މި ސަރުކާރުން އެކުލަވާލި ސިޔާސަތު ދަށުން ދިއްދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތްތައް އަލުން ފަށައިގަނެވުނީ 2024 ކުރީ ކޮޅުގައި ކަމަށް އާރްޑީސީން ބުނެއެވެ.

މިގޮތުން މިހާރު އެމަޝްރޫއުގެ އަމަލީ މަސައްކަތުގެ 54 އިން ސައްތަ ނިމިފައިވާއިރު، ކޮނެގެން ކުރައްޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ އިތުރުން ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުންފަދަ މަސައްކަތްތަކުގެ ބޮޑު ބައެއްވަނީ ނިންމާލެވިފައި ކަމަށް އާރްޑީސީން ހާމަކުރެއެވެ.

ދިއްދޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން 5.4 ކިލޯ މީޓަރު މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުގެ ދަށުން ވެސް މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ޖަހާނެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside