
--
"އެޑިޔުޓެކް ސިމްޕޮސިމް 2025 "ގެ ނަމުގައި ޓެކްނޮލެޖީއާއި ގުޅޭ ބައިނަލްއަޤްވާމީ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ބާއްވާ ވޯކްޝޮޕެކެވެ.
އެމްއެންޔޫގެ ސެންޓަރ ފޮރ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް (ސީއީޓީއީ)ގެ ފަރާތުން އިންތިޒާމްކޮއްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި، ޓެކްނޮލޮޖީއާއި ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުންނާއި އެފަދަ ދާއިރާތަކުން ތަމްރީނުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އަދި 18 ސެޕްޓެމްބަރ 2025 ގައެވެ. އަދި މި ވޯކްޝޮޕާއި ގުޅޭ އިތުރު މަޢުލުމާތު މި ލިންކު މެދުވެރިކޮށް ލިބޭނެއެވެ.