
ކުޅުދުއްފުށީ ސިޓީގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާއި މި ވުޒާރާގެ ޓީމާއި އެކު ކުޅުދުއްފުށީ ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 18 އިން 25 ގެ ނިޔަލަށެވެ.
އެގޮތުން ތަފާތު ދެ ފިޔަވައްސަކަށް މި ޕްރޮގްރާމު ކުރިއަށް ގެންދެވި ކުޅުދުއްފުށީ ސިޓީއިން 1300 އަށްވުރެ ގިނަ ގޭބީސީއަށް ވަނީ ޒިޔާރަތްކުރެވިފަ އެވެ. އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނިވި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފަ އެވެ.
ކުޅުދުއްފުށީ ސިޓީގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.
ކާމިޔާބުކަމާއެކު މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާއި، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ދިން އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެ އެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

އެން.އޭ.ޕީ.ޑީ.އައިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއް

ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފާހަގަކުރެވޭ!
