
ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއް - ފަސްޓް ލޭޑީ
# ފަސްޓް ލޭޑީ--
ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ، ދުރުދުރުގައި މާކަނޑެއްގެ އުސްރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން، ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި، "ވިޝަންސް އޮފް ދަ ފިއުޗަރ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބްރޯޑްކާސްޓިން ދާއިރާގެ ޚިދުމަތްތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދީ، އެ ދާއިރާއާ މެދު ޝައުޤުވެރިކަން އުފެއްދުމަކީ މުހިންމުކަމެއް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ކުރެހުމުގެ މުބާރާތް ފަދަ ހަރަކާތްތައް މެދުވެރިކޮށް، ދަރިވަރުންގެ ކެރިއަރ ބިނާކުރުމުގައި އެހީތެރިވެވިދާނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމެއްގެ ނިސްބަތުގައި ޓީވީ އާއި ރޭޑިއޯ އަދާކުރާ ދައުރު، ފަހުގެ ޖީލުތަކަށް އެނގުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އިނާމުތައް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ. އިނާމުތައް ހަވާލުކުރެއްވުމަށްފަހު، ޚާއްޞަ ފޮޓޯއެއް ނެންގެވުންވެސް އޮތެވެ. އަދި އެކަމަނާ ވަނީ، "ވިޝަންސް އޮފް ދަ ފިއުޗަރ" ގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.
ގުޅުންހުރި

"ފަހި ޞިއްޙަތު ހެލްތު ފެއާރ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓްލޭޑީ ސާޖިދާ!

ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތާއި ގުލިގެން މަންދީގެ މައްޗަށް ދައުވާ އުފުލައިފި

މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން, ފަސްޓް ލޭޑީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފި
