
ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތާއި ގުލިގެން މަންދީގެ މައްޗަށް ދައުވާ އުފުލައިފި
# ފަސްޓް ލޭޑީ-
ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދައުވާ އުފުލައިފި އެވެ.

މިކަން ހާމަކުރައްވައި ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
މިއާއިއެކު އާޒިމާ ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ އުމައިރުގެ މަންމަ، އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ވަނީ މަންދީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މަންދީގެ މައްޗަށް ދައުވާކުރުަން ކޯޓަށް ހުށަހެޅި އިރު އެމްޑީޕިއަށާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށްވެސް ދައުވާ ކުރުމަށް ހުށަހަޅަން ނިންމާފައިވާކަަމަށް އާޒިމާ މިމައްސަލައާއި ގުޅިގެން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައި ވެއެވެ.
އެގޮތުން ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައި ވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ ކަމަށާއި ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ގުޅުންހުރި

ފަސްޓް ލޭޑީ ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ޒިޔާރަތްކުރައްވައިފި
.jpeg&w=3840&q=75)
ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފަސްޓް ލޭޑީ ރާއްޖެ ވަޑައިގެންފި

މެރކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ކެމްޕޭންގެ އެމްބެސެޑަރަކަށް ފަސްޓްލޭޑީ ސާޖިދާ!
