
މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން, ފަސްޓް ލޭޑީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފި
# ފަސްޓް ލޭޑީ--
ރޭގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

މިކަން ކުށްވެރިކުރައްވައި އެ ކަމަނާ މިއަދު މީސްމީޑިއާގެ މަންސަ، އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރެއްވިއެވެ.
މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާއިރު، ފަސްޓްލޭޑީ ސާޖިދާގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި މަންދީގެ މައްޗަށް ދައުވާކުރަން އެ އާއިލާ އިން ވަނީ ނިންމާފައެވެ. މިއާއިއެކު މިފަދަ ދަނޑިވަޅެއްގައި މަންދީ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހުން އިދިކޮޅުން ސިފަކުރަމުންދަނީ އެއީ މިސަރުކާރުގެ ބަޔަކު ކުރި ކަމެއް ކަމެއްގެ ގޮތުގައި އެވެ.
ރައީސްގެ އާއިލާއިން މަންދީއާއި ދެކޮޅަށް މަދަނީ ދައުވާއެއް ކުރަން ނިންމާފައިވާ އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ތުހުމަތު ކުރުމާއި ގުޅިގެންނެވެ. ދައުވާކުރަން ނިންމިކަން ހާމަކޮށް ފަސްޓްލޭޑީ ނެރުއްވި ބަޔާނެއްގައި ވަނީ މަންދީގެ މި ތުހުމަތުތައް ދޮގުކުރައްވާފައި އެވެ.
ގުޅުންހުރި

ފަސްޓް ލޭޑީ ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ޒިޔާރަތްކުރައްވައިފި
.jpeg&w=3840&q=75)
ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފަސްޓް ލޭޑީ ރާއްޖެ ވަޑައިގެންފި

މެރކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ކެމްޕޭންގެ އެމްބެސެޑަރަކަށް ފަސްޓްލޭޑީ ސާޖިދާ!
