logoEN
Sto top
ފަސްޓް ލޭޑީ ހުންނެވީ ދަރިންގެ ހައްގުގައި ދޫދެއްވާ ގޮތަކަށެއް ނޫން: މަންދީ, ފައްޔާޒް އަދި އެމްޑީއާއި ދެކޮޅަށް ދައުވާކުރަނީ

ފަސްޓް ލޭޑީ ހުންނެވީ ދަރިންގެ ހައްގުގައި ދޫދެއްވާ ގޮތަކަށެއް ނޫން: މަންދީ, ފައްޔާޒް އަދި އެމްޑީއާއި ދެކޮޅަށް ދައުވާކުރަނީ

އަހުމަދު ޝުރާއު

logo

3/15/2025, 9:22:17 AM

# ފަސްޓް ލޭޑީ

--

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބޭފުޅުންނަށް ނިސްބަތްކޮށް ދާދި ފަހުން އެމްޑީޕީން ކުރިޔަށް ގެންދިޔަ އެއްވުމެއްގައި އެޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ދައުވާކުރަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އާއިލާއިން ނިންމަވައިފި އެވެ.

Wamco

މިކަން ހާމަކުރީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. އެގޮތުން އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހުރިއްޔާގެ އާއިލާގެ ވަކީލް އާޒިމާ ޝުކޫރު އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވަނީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގެ ފަރާތުން ނެރުނު ބަޔާނެއް އާންމުކުރައްވާފައި އެވެ. އެގޮތުން އެބަޔާނުގައި ފަސްޓް ލޭޑި ވަނީ އެމްޑީޕީގެ އެކްޓިވިސްޓު އެޕާޓީގެ އެއްވުމުގައި ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު އަށް ނިސަބަތްކޮށް ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައި އެވެ. އަދި މި ކަމުގެ ސަބަބުން ރައީސްގެ ބޭފުޅުންގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކޮށް މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަޤްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އެކުދިންގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް ހުޅުވިގެން ގޮސްފައިކަމަށްވުމާއި އެކު ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.

އަދި މިކަމާއި ގުޅިގެން އެފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަންވެސް ފަސްޓް ލޭޑީ ހާމަކުރެއްވި އެވެ.

މިބަޔާން އިއްވެވުމަށްފަހު ވަކީލް އާޒިމް ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ ހޭޓް ސްޕީޗު ފެތުރުމަށް ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަރިކަލުންގެ ކަރާމާރަށް އަރައިގަތް މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، މި ނިންމުމަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށް ފަސްޓް ލޭޑީ އަޅުއްވާ ޚާއްސަ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައި ވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ ކަމަށާއި ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.

މިވަގުތު މި މައްސަލަތައް މަދަނީ މައްސަލަތަކެއްގައި ކުރިޔަށް ގެންދިޔުމަށް އާއިލާއިން ނިންމާފައިވާ ކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ ޖިނާއީ ދައުވާކުރުމާއި އެ މައްސަލަތައް ބެލުމުގެ ތެރެއަށް އާއިލާއިން ނުވަންނާނެ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށާއި އިތުރު ބަޔަކަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside