logoEN
Sto top
ފޭސް 2 ގެ އެޕާޓްމަންޓަކުން ވަގަށްނެގި ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ފޭސް 2 ގެ އެޕާޓްމަންޓަކުން ވަގަށްނެގި ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

1/24/2025, 9:19:25 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށްކުރި މަސައްކަތުން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

Wamco

ފުލުހުން ބުނޯ މި މައްސަލަ ހުށަހަޅާފައިވަނީ މި ޖަނަވަރީ މަހު 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ތުހުމަތުކުރެވޭ މީހާ ހޯދައި ސުވާލުކޮށް އެ ތަކެތި ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ސެންޓުފުޅި ތަކަކާއި އަންނައުނާއި ބޫޓު އަދި އަވިއައިނު ހިމެނެއެވެ. މި ތަކެތީގެ އަގަކީ 2000 ޑޮލަރު ކަމަށް ވެރިފަރާތުން މައުލޫމާތުދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަން ފުލުހުން ހާމަކުރެއެވެ.މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside