logoEN
WAMCO TOP 1
އެގްރިކަލްޗަރ ދާއިރާއިން ބެޗްލާރސް އަދި މާސްޓާސް އަށް އުގެނުމުގެ ފުރުސަތު!

އެގްރިކަލްޗަރ ދާއިރާއިން ބެޗްލާރސް އަދި މާސްޓާސް އަށް އުގެނުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

1/23/2025, 6:21:09 AM

# މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

--

އެގްރިކަލްޗަރގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީތަޢުލީމް އުނގެނުމުގެ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.

THE TRAVELLER AD

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް، ދަށުން ހުޅުވާލެވިފައިވާ ފުރުސަތުތަކެކެވެ.

މާރސްޓާސް ޑިގްރީ އިން ފުރުސަތު ހުޅުވާލާފައިވަނީ،

ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ ދާއިރާއިން، 1 ފުރުސަތެވެ.

ބެޗްލާރސް ޑިގްރީ އިން ފުރުސަތު ހުޅުވާލާފައިވަނީ

  1. އެގްރިކަލްޗަރަލް ސައިންސް އިން 1 ފުރުސަތު
  2. ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް އިން 1 ފުރުސަތު
  3. އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އިން 1 ފުރުސަތު
  4. ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލަރ އޮފް އިކޮނޮމިކްސް އިން 1 ފުރުސަތު

މިސްކޮލަރޝިޕްތަކަކުގެ ތެރެއިން މާރސްޓާސް ޑިގްރީ އަށް ޝަރުތު ހަމަވާނީ ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާނަމައެވެ. އަދި ބެޗްލަރސް ޑިގްރީ ގެ ކޯހަށް ކުރިމަތިލާނަމަ، ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ލާޒިމެވެ.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)

ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

  1. IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކުރައްވައިފައިވުން.
  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  1. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.
  1. ސްކޮލަރޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީގައި ހިދްމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. ވުމާއިއެކު އެހެން ޙިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
  2. މިކޯސްތަކަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.

މި ކޯސްތަކާއިގުޅޭ އިތުރު މަޢުލޫމާތު ހޯދެވުމަށް https://www.gazette.gov.mv/iulaan/324373

ކޮމެންޓް
ފަހުގެ
HDC