logoEN
Sto top
"ވަން-ސްޓޮޕް އެޑްމިޝަން" ގެ ނަމުގައި އެމްއެންޔޫއިން ޚާއްސަ ހަރަކާތެއް ބާއްވަނީ

"ވަން-ސްޓޮޕް އެޑްމިޝަން" ގެ ނަމުގައި އެމްއެންޔޫއިން ޚާއްސަ ހަރަކާތެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

1/20/2025, 5:14:34 AM

# އެމްއެންޔޫ

--

"ވަން-ސްޓޮޕް އެޑްމިޝަން" ގެ ނަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ވަނީ އެ ޔުނިވާސިޓީގެ ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮއްދިނުމަށް އަމާޒުކޮށް ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

މި ހަރަޖާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 21 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އިން ހަވީރު 16:00 އަށެވެ.

މި ހަރަކާތްތަކުގެ ތެރޭގައި، ކެރިއަރ ގައިޑެންސް ފޯރުކޮއްދިނުމާއި، އެ ޔުނިވާސިޓީގެ ކޯސްތަކާއި ގުޅޭ މަޢުލުމާތު ހޯދުމުގެ އިތުރުން ވަގުތުން އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ އިތުރުން، އޭ ލެވެލް ފުރިހަމަކުރުމަށްފަހު މި އިވެންޓަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ނަތީޖާއަށް ބެލުމަށްފަހު، ޝަރުތު ހަމަވާނަމަ އެދޭ ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside