logoEN
Sto top
ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުގެ ސައިޒަށް ބަދަލެއް ނާންނާނެ - މިފްކޯ

ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުގެ ސައިޒަށް ބަދަލެއް ނާންނާނެ - މިފްކޯ

އަހުމަދު ޝުރާއު

logo

1/19/2025, 6:49:00 AM

# މިފްކޯ

--

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ކުރާ މަސްދަޅުން 40 ގްރާމް މަދުކޮށް މަސްދަޅު ތައްޔާރުކުރާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަ މިފްކޯއިން ދޮގުކޮށްފި އެވެ.

Wamco

މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޭނެކަން ރައީސް އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޖަލްސާއެއްގައެވެ.

މިއާއި އެކު އިއްޔެއިން ފެށިގެން ބައެއް ފަރާތްތަކުން ދަނީ އެ މަސްދަޅުތަކުން މަސް މަދުކުރަން ނިންމާފައިވާ ކަމަށްބުނެ މީސް މީޑިއާގައި ވާހަކަތަކެއް ފަތުރަމުންނެވެ. އެކަން ދޮގުކޮށް މިއަދު މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ ކަމަށާއި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މިފަދަ ވާހަކަތަކެއް ފެންމަތިވި އިރު މިއަދު މިފްކޯއިން ވަނީ 140 ގ ގެ މަސްދަޅުތަކެއް ބާޒާރަށް ނެރެފައި އެވެ. މިފްކޯއިން ބުނީ 140ގ ގެ މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި އެއީ މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ރޯދަ އަށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ބަހަން ތައްޔާރުވަމުން އަންނަ އިރު، ގޭބިސީއަކަށް ދޭނީ 48 ދަޅު ހިމެނޭ މަސްކޭހެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside