logoEN
Sto top
ހުޅުމާލެއިން ކަރަންޓު ކެނޑުނީ  ފްލެޓުއަޅަން ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން!

ހުޅުމާލެއިން ކަރަންޓު ކެނޑުނީ ފްލެޓުއަޅަން ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން!

އަހުމަދު ޝުރާއު

logo

1/19/2025, 6:43:04 AM

# ހުޅުމާލެ

--

ހުޅުމާލެއިން ކަރަންޓު ކެނޑުނީ ފްލެޓުއަޅަން ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

Wamco

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ރޭގެ ވަގުތެއްގައި އެވެ. އެގޮތުން ކަރަންޓު ކެނޑުނީ ހިޔާ ފްލެޓުގެ 9 ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށެވެ. އަދި އެމްޕީއެލްގެ ފްލެޓްތަކާއި ހުޅުމާލެ ފޭސް އެކެއްގެ އެކި ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑުނެވެ.

މިކަމާއި ގުޅިގެން މިއަދު ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.

ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން މިއަދު ވަނީ އިލްތިމާސްކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside