
--
ހުޅުމާލެ - މާޅެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:19 ހާއިރު ހުޅުމާލެއިން މާލެ އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތްކުރާކަން އަންގައިދޭން ބަހައްޓާފައިހުރި ކޯނެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސްޑެންޓުވި މީހާ ފަރުވާދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަދި ފަރުވާ ދެމުންދަނިކޮށް މިއަދު 09:05 ހާއިރު އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނެކެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.