logoEN
Sto top
އޮޕަރޭޝަން ކުރަނގި މިއަދު މާލެ ސަރަހައްދުގައި!

އޮޕަރޭޝަން ކުރަނގި މިއަދު މާލެ ސަރަހައްދުގައި!

އަހުމަދު ޝުރާއު

logo

1/18/2025, 5:55:54 AM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

--

ރާއްޖޭގައި އުޅޭ ބިދޭަސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ފަށާފައިވާ " އޮޕަރޭޝަން ކުރަނގި" ގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި އެވެ.

Wamco

ދާހިލީ ވުޒާރާއިން ބުނީ މި ހަރަކާތްކުރިޔަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ކަމަށެވެ. މި މަސައްކަތުގައި އެވުޒާރާގެ 75 އޮފިޝަލުންގެ ޓީމެއް ހަރަކާތްތެރިވެ އެވެ.

އެވުޒާރާއިން ބުނީ މާލޭގައި "ކުރަނގި" ކުރިއަށް ގެންދާ އިރު، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ވެސް އެއްކުރާނެ ކަމަށެވެ. އަދި މާލޭގެ އިތުރުން މި އޮޕަރޭޝަން މިއަދު ތިލަފުއްޓާއި ގުޅީފަޅުގައި ވެސް ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފައި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި "އޮޕަރޭޝަން ކުރަނގި" ނަމުގައި ހާއްސަ މަސައްކަތެއް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި އެވެ.މި އޮޕަރޭޝަންގެ ދަށުން ހިންމަފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތައް ހޯދައި އެމީހުންގެ އިނގިލީގެ ނިޝާން ހޯދައި، ފޮޓޯ ނަގައި ނިޒާމުގެ ތެރެއަށް ވައްދާނެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside