
ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް ސަލާމާތްކޮށްފި: ހާލު ރަނގަޅު!
# ވިލިމާލެ# ދިވެހި ފުލުހުންގެ ޙިދުމަތް--
ވިލުމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް ސަލާމާތްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމާގަތް ކަމުގެ ރިޕޯޓެއް މިއަދު 15:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެމީހާ އޮޔާދަނިކޮށް ސަލާމަތްކުރީ އެމްޓީސީސީގެ ފެރީއަކުން ކަމަށް ފުލުހުން ބުނެއެވެ. އެމީހާއަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާއިރު މީހާ މިހާރު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައި އެވެ.
އެމީހާއަކީ ދިވެއްސެއް ކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
ފުލުހުން އިތުރަށް ބުނީ އޮޔާ ދިޔަ މީހާ ސަލާމާތްކުރުމަށް ކަނޑަށް ފުންމާލި އިތުރު ދެމީހަކު މެރިން ފުލުހުންގެ ލޯންޗަކަށް ސަލާމަތުން ނަގާފައި ވާ ކަމަށެވެ.
ގުޅުންހުރި

ވިލިމާލޭގައި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް ފެށުމަށް އެންމެފަހުގެ ތައްޔާރީތައް ކުރިއަށް!

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީ ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
.webp&w=3840&q=75)



