
އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ# އެމްއެންޑީއެފް-
އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިމުން ފާހަގަކުރުމަށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއެވެ.
ޖަނަވަރީ 5 އިން 16 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާހެން އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތިން މުވައްޒަފުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީން ދެ މުވައްޒަފަކު ބައިވެރިވިއެވެ.
އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ޤާބިލުކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭ މި ޕްރޮގްރާމަކީ ޔޫކޭ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއަރޒް، އަދި ދިވެހިރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1، 2، 3 އާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި، އޭރިއަލް ސަރވައިލަންސްއާއި، ޝޯރލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑައިރެކްޓަރ، އަލްފާޟިލް އިބްރާހީމް ނަޢީމްއާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމްގެ އިތުރުން ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދު ވެސް ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާއަށް ހުށަހަޅައިފި
