
ރާއްޖޭގެ ސައިބަރސެކިއުރިޓީ ދާއިރާ ހަރުދަނާ ކުރުމަށް އެސްޓޯނިއާއިއެކު ފަހުމުނާމާއެއް!
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ--
ރާއްޖޭގެ ސައިބާރސެކިއުރިޓީ ވަރުގަދަ ކުރުމަށް އެސްޓޯނިއާ ސަރުކާރާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް އާއި އެކު ރައީސް އާއި ސަރުކާރުގެ ވަފުދުން ބޭއްވި ބައްދަލުވުމަށްފަހުގައި އެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެވެ. އަދި އެސްޓޯނިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒް ލިސާ-ލީ ޕަކޮސްޓާ އެވެ.
ދިވެހި ސަރުކާރުން ބުނީ މި ފަހުމުނާމާއަކީ ދެގައުމުގެ ދެމެދުގައި އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީ އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.
އެގޮތުން މި ފަހުމުނާމާގެ ސަބަބުން ޑިޖިޓަލް ޓޫލްސް އާއި ޑޭޓާ އެނަލިޓިކްސް ބޭނުންކޮށްގެން ކެޕޭސިޓީ ބިލްޑިން އާއި އިކޮނޮމިކް ޑައިވާސިފިކޭޝަންގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ގުޅުންހުރި

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި

އަމާޒަކީ 2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިންމުން: އިހްސާން

ހުއްދަ ނެގުމަކާއި ނުލައި މާލޭގައި މުޒާހަރާކުރެވޭނެ 4 ސަރަހައްދެއް ކަނޑައަޅައިފި
