logoEN
Sto top
އުމްރާއަށް މީހުން ގެންދަން ކަމަށް ބުނެ އޮޅުވާލައިގެން އެމްއެމްއޭއިން ޑޮލަރު ހޯދި މައްސަލައެއް ބަލަނީ

އުމްރާއަށް މީހުން ގެންދަން ކަމަށް ބުނެ އޮޅުވާލައިގެން އެމްއެމްއޭއިން ޑޮލަރު ހޯދި މައްސަލައެއް ބަލަނީ

އަހުމަދު ޝުރާއު

logo

1/14/2025, 1:44:39 PM

# އެމްއެމްއޭ

--

އުމްރާއަށް މީހުން ގެންދަން ކަމަށްބުނެ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ލައިސެންސް ބޭނުންކޮށްގެން އެމްއެމްއޭއިން ޑޮލަރު ނެގި ކުންފުންޏެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

Wamco

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާތީ އެމައްސަލަ ބަލަމުންދާކަމަށެވެ.

އެގޮތުން މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މި މައްސަލަ ތަޙްޤީޤުކުރަން ޕޮލިހަށް ފޮނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ. އަދި އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އަދި މިހާތަނަށް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެމިނިސްޓްރީން މިއަދު އިތުރަށް ބުނީ އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އަދި އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ދެއްވާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside