
--
އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ)އިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ ބޮޑުކުރުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނީ އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް ރާއްޖޭގެ ބޭންކުތަކަށް ދޫކުރަމުންދާ އެމެރިކާ ޑޮލަރުގެ އިންސައްތަ 10 އިންސައްތަ އަށް ބޮޑުކުރަން ނިންމައި މި ހަފުތާއިން ފެށިގެން އެ ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ރު، މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު %40 އަށް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭއީން ބުނެއެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ ބޭރު ފައިސާ ވެސް 60 އިންސައްތައިން 90 އިންސައްތައަށް މަތިކޮށްފައިވާ ކަމަށާއި ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު އަންނަނީ ވިއްކަމުން ކަމަށް ވެސް އެމްއެމްއޭއިން މިއަދު ވަނީ ބުނެފައި އެވެ. މި ފައިސާ ބޭނުންކުރެވޭނީ ވަކި ކަންކަމުގައި ކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ އޭގެ ތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް އެފައިސާ ބޭނުންކުރާ ކަމަށެވެ. އަދި މި އަދަދުގެ ބޮޑު ބައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ދަނީ ބޭނުންކުރަމުން ކަމަށެވެ.
އެމްއެމްއޭއިން ބުނީ މި ބަދަލު ގެނައުމުގެ މަގުސަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށް ވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށެވެ.
ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު މިހާރު އުޅެނީ 30 ޕަސެންޓުގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ. ނަމަވެސް، އަމާޒަކީ އެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ގުޅުންހުރި

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ވެރިޔާ އަޝްރަފް މަގާމުން ދުރުކޮށް އެމަގާމަށް ސާޖިދު!

ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި
