logoEN
Sto top
އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ވެރިޔާ އަޝްރަފް މަގާމުން ދުރުކޮށް އެމަގާމަށް ސާޖިދު!

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ވެރިޔާ އަޝްރަފް މަގާމުން ދުރުކޮށް އެމަގާމަށް ސާޖިދު!

އަހުމަދު ޝުރާއު

logo

8/3/2025, 10:22:40 AM

# އެމްއެމްއޭ

ފޮޓޯ : އަވަސް

ރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް ހުންނެވި އަބްދުالله އަޝްރަފު އެމަގާމުން ވަކިކޮށް އެހެން މަގާމަކަށް ބަދަލުކޮށްފި އެވެ.

Wamco

އެމްއެމްއޭއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެފްއައިޔޫގެ ވެރިޔާ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިންނެވެ. އަދި މާދަމާއިން ފެށިގެން އެފްއައިޔޫގެ ހެޑްގެ މަޤާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަންކޮށްފަ އެވެ.

އަޝްރަފު ބަދަލުކޮށްފައިވަނީ އެ ބޭންކުގެ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސްގެ މަގާމަށެވެ.

ފައިނޭންޝަލް އިންޓެލިޖެންސާއި މަދަމާއިން ފެށިގެން ހަވާލުވާ ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ކުއްލި ގޮތަކަށް އެފްއައިޔޫގެ ވެރިޔާ ބަދަލުކޮށްފައިމިވަނީ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް، ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވެފައިވަނިކޮށެވެ. ނަމަވެސް އެ ރިޕޯޓުގެ ސައްހަކަން އަދި މިހާތަނަށް ކަށަވަރުކުރެވިފައި ނުވެއެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC