
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްއަށް ބޭންކިންގ ވިޔަފާރި ފެށުމުގެ ހުއްދަ އެމްއެމްއޭއިން ދީފި
# އެމްއެމްއޭ-
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑުން ބޭންކިންގ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ ބޭންކުން ދީފި އެވެ.

މި ހުއްދަ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އާއި ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައި އެވެ. އެގޮތުން އެބޭންކާއި ހުއްދަ ރަސްމީކޮށް ހަވާލުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ.
ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް އެމްއެމްއޭއިން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކްއެކެވެ.
މި ބޭންކްގެ ޚިދުމަތް ފެށުމުން، ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައިވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން އިތުރުކޮށްފި

އިޤްތިސާދީ ހަރާކާތް އިތުރުވުމާއެކު 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި

.gif&w=3840&q=75)



