
އީސީއަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން ޖެހޭ - ސޯލިހު
# ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--
އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސޯލިހް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުންތައް ވަގު ފޯމު މެދުވެރިކޮށް ވެރިކަން ކުރާ ޕީއެންސީއަށް ވައްދާކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ސޯލިހް ވިދާޅުވީ އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީއަށް ވައްދަމުން އެބަދާ ކަމަށާއި އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެއްދިކަން މިއަދު ހާމަވެފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ ފުރިހަމައަަށް އެބަ އަދާ ކުރެވޭތޯ ސުވާލުއުފައްދަވައި ސޯލިހް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން ޖެހޭ ކަމަށެވެ.
އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރިއިދާރާތަކަށް އެޕާޓީން ގޮވާލާ ކަމަށެވެ.
ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެމްޑީޕީގެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާކަން ހާމަކޮށް އެމްޑީޕީން ބުނީ އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ފޯމު ހުށަހަޅަމުންދާ ކަމަށްބުނެ އެ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައި އެވެ.
އެމްޑީޕީން ބުނީ މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި މައްސަލާގައި މެމްބަރު ޒިޔާދުގެ ނަމުގައި ހުށަހެޅި ވަގު ފޯމުގެ ކޮޕީއެއް ހޯދުމަށް މިއަދު މެންދުރު 14:00 ގައި މި ޕާޓީން އީސީއަށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސްއިން ވެރިކަން ކުރާ ޕާޓީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޕީއެންސީން މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ އެމައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރަން ތައްޔާރު - ޔާމީން

އީސީއަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން ޖެހޭ - ސޯލިހު
.jpeg&w=3840&q=75)
ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވެއްޖެ




