.jpeg&w=3840&q=75)
ރައީސް ސޯލިހް މަންމާފުޅު މުއުމިނާ އަރިހުގައި
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު މިއަދު ނިޔާވެއްޖެއެވެ.

މޫމިނާ ހަސަންފުޅުގެ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.
ރައީސް ޞާލިހުގެ މަންމާފުޅު ނިޔާވުމާއި ގުޅިގެން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވައި އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ ރައީސް ޞާލިހުގެ މަންމާފުޅު ނިޔާވެވަޑައިގަތުމުގެ ފުން ހިތާމައިގައި، އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ޞާލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޕޯސްޓުގައި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްالله އަށް ދުޢާކުރާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރަން ތައްޔާރު - ޔާމީން

އީސީއަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން ޖެހޭ - ސޯލިހު
.jpeg&w=3840&q=75)
ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވެއްޖެ




