logoEN
Sto top
އައިޔޫއެމްގެ އެކި ލެވެލްގެ ކޯސްތަށް ފުނަދޫގައި!

އައިޔޫއެމްގެ އެކި ލެވެލްގެ ކޯސްތަށް ފުނަދޫގައި!

އަހުމަދު ޝުރާއު

logo

1/13/2025, 6:28:50 AM

# އައިޔޫއެމް

--

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ސެޓްފިކެޓް ލެވެލްގެ ޤިރާޔަތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ށ.ފުނަދޫގެ ރައްޔިތުންނަށް ވަނީ ހުޅުވައިލެވިފައެވެ.

Wamco

ށ. ފުނަދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޤިރާޔަތު ލެވެލް 2، އަރަބިކް ލެންގުއެޖް ލެވެލް 3 އަދި ޤިރާޔަތު ލެވެލް 4 ހިމެނެއެވެ.

ޤިރާޔަތު ލެވެލް 2 ގައި ބައިވެރިވާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި، ގުރޭޑް 6 ފުރިހަމަކޮއްފައިހުރުން ނުވަތަ އުމުރުން 16 އަހަރު ފުރި، ދިވެހިބަހުން ވާހަކަދެއްކުމުގެ ޤާބިލްކަންހުރުން ނުވަތަ ޤިރާޔަތު ލެވެލް 1 ފުރިހަމަކޮއްފައިވުމެވެ. 6 މަސްދުވަހުގެ މި ކޯހުގެ ކޯސްފީ އަކީ 1،820 ރުފިޔާއެވެ. މީގެ އިތުރުން، ގިރާޔަތު ލެވެލް 4 ގެ ކޯހުގެ ކޯސްފީ އަކީ 9،270 ރުފިޔާއެވެ. އަދި އަރަބިކް ލެންގުއެޖް ލެވެލް 3 ގެ ކޯސްފީ އަކީ 2،300 ރުފިޔާއެވެ.

އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަދި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކާއި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިފަދަ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އަތޮޅު ތެރޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside