logoEN
PNC TOP 3
އައިއެސްއޯގެ މުޙިއްމު ދެ ސެޓްފިކެޓްއެއް އައިޔޫއެމްއަށް!

އައިއެސްއޯގެ މުޙިއްމު ދެ ސެޓްފިކެޓްއެއް އައިޔޫއެމްއަށް!

އަހުމަދު ޝުރާއު

logo

5/18/2025, 6:25:20 AM

# އައިޔޫއެމް

--

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ވަނީ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ ސްޓޭންޑަރޑައިޒޭޝަން (އައިއެސްއޯ) ގެ ދެ ސެޓްފިކެޓްއެއް ހާޞިލުކޮއްފައެވެ.

PNC MID 2

އައިޔޫއެމް އިން ހާޞިލުކޮއްފައިވާ ދެ ސެޓްފިކެޓްގެ ތެރޭގައި، "އައިއެސްއޯ 9001:2015 ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން" އަދި "އައިއެސްއޯ 21001:2018 އެޑިޔުކޭޝަނަލް އޯގަނައިޒޭޝަންސް" ހިމެނެއެވެ.

އައިއެސްއޯ އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޤާއިމުކުރެވިފައިވާ ޖަމިއްޔާއެކެވެ. އެގޮތުން،ޖުމްލަ 174 ޤައުމެއްގެ ތަޖުރިބާކާރުން ބައިވެރިވާ މި ޖަމިއްޔާގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޖުމްލަ 823 ޓެކްނިކަލް ކޮމިޓީއެއް ވަނީ އެކުލަވައިލެވިފައެވެ.

އައިޔޫއެމްއަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން ބޭއްވުނު ޕްރެސް ކޮންފެރެންސްގައި، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވަނީ މިއީ، މިފަދަ ސެޓްފިކެޓްތަކެއް ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒަކަށް ލިބުނު ފުރުތަމަ ފަހަރުކަން ފާހަގަކުރައްވައިފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC