
ސިހުރު ހަދާކަމުގެ މައްސަލައަކާއި ގުޅިގެން ރ އަތޮޅުގެ ދެރަށެއްގައި ފުލުހުންގެ އޮޕަރޭޝަނެއް!
# ރ އަލިފުށީ--
ސިހުރު ހަދާކަމުގެ މައްސަލަތަކާއި ގުޅިގެން ރ އަތޮޅުގެ ދެރަށެއްގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ސިހުރުހަދާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާއި ގުޅިގެން ރ މީދޫ އާއި އަލިފުށީގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
ނަމަވެސް އޮޕަރޭޝަނާއި ގުޅޭ ތަފްސީލް ހާމަނުކޮށް ފުލުހުން ބުނީ އިތުރު މައުލޫމާތު ފަހުން މީޑީއާތަކާއި ހިއްސާކުރާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ސިހުރު ހަދާކަމުގެ މައްސަލައަކާއި ގުޅިގެން އެދެރަށުގެ ބައެއް ތަންތަން ފުލުހުން ދަނީ ބަލާފާސްކުރަމުންނެވެ. ނަމަވެސް އަދި މީހަތަނަށް މީހަކު ހައްޔަރުކޮށްފައިވާކަން ޔަގީންކުރެވިފައެއް ނުވެއެވެ.
.gif&w=3840&q=75)




