logoEN
Sto top
ޑޮމޮކްރެޓްސްގެ ރައީސް ކަމުން ހަސަން ލަތީފު އިސްތިއުފާ ދީފި: އެމްޑީޕީއާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް!

ޑޮމޮކްރެޓްސްގެ ރައީސް ކަމުން ހަސަން ލަތީފު އިސްތިއުފާ ދީފި: އެމްޑީޕީއާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް!

އަހުމަދު ޝުރާއު

logo

1/11/2025, 1:36:04 PM

# ޑިމޮކްރެޓްސް# އެމްޑީޕީ

--

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައި 2023 ވަނަ އަހަރު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސް ކަމުން ކުރީގެ މަޖިލިސް މެމްބަރު ހަސަން ލަތީފް އިސްތިއުފާދެއްވައިފި އެވެ.

Wamco

ހަސަން ލަތީފް ޑިމޮކްރެޓްސްގެ ރައީސް ކަމުން އިސްތިއުފާދެއްވި ކަން ޑިމޮކްރެޓްސްގެ ބައެއް އިސް ފަރާތްތަކުންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައި އެވެ. އެގޮތުން ހަސަން ލަތީފުގެ އިސްތިއުފާގެ ސިޓީގެ ކޮޕީއެއްވެސް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ހަސަން ލަތީފް, ނަޝީދުގެ ޑިމޮކްރެޓްސްގެ ރައީސްކަމުންއިސްތިއުފާ ދެއްވި އިރު އޭނާއަކީ ނަޝީދުގެ އެންމެ އަރިސް އެކަކެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތަކީ ހަސަން ލަތީފް އިސްތިއުފާ ދެއްވި އިދިކޮޅު އެމްޑީޕީއާއި ގުޅުމަށެވެ. ނަމަވެސް އަދި މިހާތަނަށް ހަސަން ލަތީފް އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ކަމެއް ކަށަވަރެއް ނުވެއެވެ.

ރޭގެ ވަގުތެއްގައި އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ތިއްބެވި އަދި ޑިމޮކްރެޓްސްގެ އިސް މަގާމުގައި ތިއްބެވި ބައެއް ފަރާތްތައް ވަނީ އެމްޑީޕީއާއި ގުޅިފައި އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްއިން 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބްގެ ރަނިންގ މޭޓު ހުސެއިން އަމުރުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside