logoEN
Sto top
މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ

އަހުމަދު ޝުރާއު

logo

1/11/2025, 8:16:04 AM

# އެންޑީއެމްއޭ

--

މާލެއަށް ރޭ މެންދަމުން ފެށިގެން ކުރަމުން އަންނަ ވިއްސާރާގައި ލުބުނު ގެއްލުންތަކާއި އެކު 44 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ބުނެފި އެވެ.

Wamco

އެންޑީއެމްއޭއިން މިއަދު ބުނީ 11 ޖަނަވަރީގައި މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 7 ގޭބިސީ އެއްގެ 44 މީހަކަށް 1 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު އެއޮތީރިޓީން ހަމަޖައްސާދީފައިވާ ކަމަށެވެ.

އަދި އެފަރާތްތައް ބަދަލުކުރެވުނީ ގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައިއެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް އެހީތެރިވުމަށް ސިފައިންނާއި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުން ފެން ހިންދުމަށް ސިފައިން ގިނަ ސަރަހައްދުތަކެއްގައި ޕަމްޕު ޖަހައިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 528 ވެލި ބަސްތާ ވަނީ ޖަހާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside