
--
މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެވެސް ރިޔާސީ ބަޔާން އިއްވަނީ އެއަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެވެ.
އެގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުން ބުނީ އެމަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 6 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައިކަމަށްވެސް މަޖިލީސް އިދާރާއިން ބުނެއެވެ. އެޖަލްސާގައި އޮންނާނީ ހަމައެކަނި ރިޔާސީ ބަޔާން އިއްވުމެވެ. މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ރިޔާސީ ބަޔާނެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެވަނަ ރިޔާސީ ބަޔާނެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)