
މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ތިނަދޫ ބަނދަރަށް އިތުރު މަސްކިރާ ބޯޓެއް ފޮނުވަނީ
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ--
ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވަމުންދާ މި ދުވަސްވަރު ތިނަދޫ ސަރަހައްދުގައި މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެސަރަހައްދަށް މަސްކިރާ އިތުރު ބޯޓެއް ފޮނުވަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ މަސްވެރިކަމާއި ބެހޭ ވުރާޒައިގެ ނައިބު އައްޔާޝް އަބްދުލް ސަމަދު މިއަދު ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އައްޔާޝް ވިދާޅުވީ ދެކުނު ސަރަޙައްދުގައި މަސްވެރިކަން ރަނގަޅުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މިކަމުގެ އެންމެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި މިފްކޯގެ އިތުރު ކެޕޭސިޓީ ހުރި މަސް ކިރާ ބޯޓެއް ބޭނުންވެފައިވާކަން މަސްވެރިން ފާހަގަކުރަމުން ދާތީވެ، މިކަމާ ގުޅޭގޮތުން މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިއާއި އެކު 45 މެޓްރިކް ޓަނުގެ އިތުރު ބޯޓެއް އަވަހަށް ތިނަދޫ ބަނދަރަށް ފޮނުވައިދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވާފައިވާ ކަމަށް އައްޔާޝް ވިދާޅުވިއެވެ.
އައްޔާޝް ވަނީ މަސްވެރިންގެ ބޭނުންތަކަށް އަބަދުވެސް ސަމާލުކަންަ ދެއްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމަށް ޝުކުރު ދަންނަވާފައި އެވެ. އަދި މިއަދުގެ ސަރުކާރަކީ މަސްވެރިންގެ އަޑު އަހާ، އެބޭފުޅުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލު ހޯދައިދެއްވާ ސަރުކާރެއް ކަމުގައި އައްޔާޝް ވިދާޅުވިއެވެ.
ގުޅުންހުރި

މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ތިނަދޫ ބަނދަރަށް އިތުރު ބޯޓެއް ފޮނުވަނީ

ދައުރު ނިމޭއިރު މަސް ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރެވޭނެ - ޝިޔާމް

ހުޅުދޫ ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
