
--
ހުޅުމާލޭގައި ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ނިރޮޅު މަގުން ދެކުނަށް އައި ކާރެއް އެމަގުން ކަފިހި ހުަސް މަތިން ހުރަސްކުރި މީހެއްގެ ގައިގާ ޖެހި އެކްސިޑެންޓުވި މައްސަލައެއް މިއަދު 17:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި ކަފިހި ހުރަސް މަތިން ހުރަސް ކުރަނިކޮށް އެކްސިޑެންޓުވި މީހާ ޑޮކްޓަރަށް ދެއްކުވުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނުކަންވެސް ފުލުހުން ހާމަކުރިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.