logoEN
Sto top
އެމްއެންޔޫ "ފަހި ސުފުރާ" މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެންޔޫ "ފަހި ސުފުރާ" މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

1/7/2025, 10:03:28 AM

# އެމްއެންޔޫ

--

"ފަހި ސުފުރާ" ނަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި އެވެ.

Wamco

އެމްއެންޔޫއިން ބުނީ މި މަޢުރަޒަކީ ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކައިލުމަށް އަމާޒުކޮށް އެ ޔުނިވާސިޓީ އިން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޢުރަޒެކެވެ.

އެގޮތުން ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ އެކި ފަރާތްތަކަށް މި މަޢުރަޒުގައި އެއްވެސް އަގަކާއި ނުލައި މުޅިން ހިލޭ ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ.

އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަޢުރަޒަކީ 13 އަދި 14 ފެބްރުއަރީ 2025 ވާ ދުވަހުގެ މެންދުރު 11:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށެވެ.

މި މަޢުރަޒުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅޭނެއެވެ.

"ފަހި ސުފުރާ" މަޢުރަޒުގައި ބައިވެވުމަށް ފޯމް ހުށަހެޅުމުގެ ސުންގަނޑި އަކީ 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 23:00 އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside