
ހުޅަނގު އައްސޭރީގައި ދިން ހަމަލާއެއްގައި ޔަހޫދީންގެ ތިން މީހަކު މަރާލައި ޔަހޫދީންގެ ގިނަ ބަޔަކު ޒަހަމްކޮށްލައިފި
# ހުޅަނގު އައްސޭރިހުޅަނގު އައްސޭރީގެ ކެޑުމިމް އާބާދީ ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އިސްރާއީލުގެ ތިން މީހަކު މަރާލައި، އަށް މީހަކު ޒަހަމްވެފައިވާ ކަމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ޔަހޫދީންގެ ސަލާމަތީ އޮފިޝަލުންނާ ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ބުނެފައި ވަނީ ފަލަސްތީނުގެ ހަތިޔާރު އެޅި ދެ މީހަކު އެ އާބާދީގެ ބޭރުގައި ހުރި ކާރުތަކަށާއި ބަހަކަށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
މި ބަޑީގެ ހަމަލާގައި މަރާލާފައިވަނީ އުމުރުން 70 އަހަރުގެ ދެ ޔަހޫދީ އަންހެނެއްގެ އިތުރުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅުނު އުމުރުން 35 އަހަރުގެ ފުލުހުންގެ އިންވެސްޓިގޭޓަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ,
މި ހާދިސާ ހިނގާފައި މިވަނީ ޣައްޒާގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިޔަށްދާ ދަނޑިވަޅެއްގައި އެވެ.
މި ހަމަލާއަށްފަހު އިސްރާއީލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ އިސްރާއީލުން ޣައްޒާއަށް ދިން ގެއްލުންތަކާ އެއްފަދައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މުޖުތަމައުތަކާ ދެކޮޅަށް ހަމަނުޖެހުންތަކެއް ހިންގުމަށް ގޮވާލައްވާފައެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި
