logoEN
Sto top
ސައިކަލަކާއި ފުލުހުންގެ ކާރެއް ޖެހި  ހިނގި އެކްސިޑެންޓްގެ މަންޒަރުދުއް ފަރާތެއް ހޯދަނީ

ސައިކަލަކާއި ފުލުހުންގެ ކާރެއް ޖެހި ހިނގި އެކްސިޑެންޓްގެ މަންޒަރުދުއް ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

1/5/2025, 7:44:31 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލެ ފޭސް 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.

މިއާއިއެކު މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.

މި އެކްސިޑެންޓާއި ގުޅިގެން މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޑިސެންބަރު 27 ވަނަ ދުވަހު ދަންވަރު 01:50 އެހައިކަންހާއިރު ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެގޮތުން މި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައި.ޖީ.އެމް. ހޮސްޕިޓަލުގައި ކަމަށެވެ. މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާކަމަށް އައި.ޖީ.އެމް. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެއެވެ.

ފުލުހުންގެ އެބަޔާނުގައި އިތުރަށް ބުނީ މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށާއި އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އާޅާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside