
--
ޗައިނާގެ މާރުކޭޓެއްގައި ރޯވެ 8 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗައިނާގެ އުތުރުޕްރޮވިންސް ކަމަށްވާ ހެބެއިގެ މާރުކޭޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަށް މީހުން މަރުވެ 15 މީހުން ޒަޚަމްވެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
ހެބެއިގެ ސިޓީއެއް ކަމަށްވާ ޒަންގްޖިއާކޫގެ ލިގުއާންގް މާރުކޭޓުގައި އަލިފާން ރޯވެފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އޭގެ ދެ ގަޑިއިރު ފަހުން އަލިފާން ނިއްވާލާފައިވާ ކަމަށް އެ މާރުކޭޓް ހުންނަ ކިއާއޯކްސީ ޑިސްޓްރިކްޓްގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީން ބުނެއެވެ.
އެގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ރިޕޯޓުކުރާގޮތުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށާއި މިވަގުތު ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމެއް ހުރި މީހަކު ނެތެވެ.
ސީސީޓީވީން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށެވެ.
މި އަލިފާނުގެ ހާދިސާ ހިނގި ލިގުއާންގް ތަރުކާރީ މާރުކޭޓަކީ 2011 ވަނަ އަހަރު ހުޅުވި މޭވާ އާއި ސީފުޑުން ފެށިގެން އިލެކްޓްރޯނިކްސް ފަދަ ތަކެތި ވިއްކާ ޚާއްސަ މާރުކޭޓެކެވެ.
ގުޅުންހުރި

ޗައިނާގެ މާރުކޭޓެއްގައި ރޯވެ 8 މީހުން މަރުވެއްޖެ

ފިލިޕީންސާއި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަސްކަރީ އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާ ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގް ކޮމިޓީގެ ވައިސް ޗެއަރމަން ރާއްޖޭގައި!
