.webp&w=3840&q=75)
--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މަޑުމަޑުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދުގެ މޫސުން ލަފާކުރެވޭ ގޮތާއި ގުޅޭގޮތުން ބުނީ މޫސުން ރަނގަޅުވަމުން އަޔަސް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށްވާރޭވެހޭނެ ކަމަށެެވެއެގޮތުން އެ ހިސާބުތަކަށް ވިލާގަނޑުގައި 35 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެއިދާރާއިން ބުނި ގޮތުގައި ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރު ކުރިޔަސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ އެވެ.
ރާޅުގެ އުސްމިން މިއަދު އުޅޭނެ ކަމަށް ލަފާކުރަނީ 4-6 ފޫޓާ ދެމެދުގަ އެވެ. އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދުގެ ހެނދުނުން ފެށިގެން ޅ. އަތޮޅުން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައި އެވެ. އެގޮތުން އެްސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ގުޅުންހުރި

ށ އަތޮޅުން ވ އަތޮޅަށް ނެރުނު ރީނދޫ ސަމާލު، ހުދު ސަމާލަކަށް ދަށްކޮށްފި

މިރޭވެސް މޫސުން ގޯސް: ށ އަތޮޅުން މ އަތޮޅަށް ހުދު ސަމާލު!

މެޓް އޮފީހުގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު"ގެ ނަމުގައި މަޝްރޫޢުއެއް ފަށައިފި
