
--
މޫސުން ގޯސްވާނެ ކަމަށް ލަފަކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ނެރުނު ރީނދޫ ސަމާލު، ހުދު ސަމާލަކަށް ދަށްކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލު ނެރުނީ ށ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށެވެ. އެގޮތުން ސަމާލު ނެރެފައިވަނީ މިއަދުގެ 11:30 އިން ހަވީރު 15:30 ގެ ނިޔަލަށެވެ. ނަމަވެސް އެސަމާލު މިހާރު ވަނީ ހުދު ސަމާލަކަށް ދަށްކޮށްފައި އެވެ.
މިގޮތުން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 13:20 އިން ފެށިގެން މިރޭގެ 18:30 ގެ ނިޔަލަށެވެ.
ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހޮނިހިރު ދުވަހު ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިޔަށް އޮތް 3 ދުވަހު ( މެއި 18 އިން 20 އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއި އެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި އެވެ. އަދި މި ވިއްސާރާގައި ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.