logoEN
Sto top
މެޓް އޮފީހުގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު"ގެ ނަމުގައި މަޝްރޫޢުއެއް ފަށައިފި

މެޓް އޮފީހުގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު"ގެ ނަމުގައި މަޝްރޫޢުއެއް ފަށައިފި

އަހުމަދު ޝުރާއު

logo

5/18/2025, 1:09:27 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު" ނަމުގައި މަޝްރޫއެއް ފަށައިފި އެވެ.

Wamco

މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހިމް އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މިއަދު ބުނީ "ތައްޔާރު" މަޝްރޫޢަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އަވަސް އިންޒާރުގެ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ފަށާ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢަކީ ޔޫއެންޑީޕީ މޯލްޑިވްސް އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދިމާވެދާނެ ގުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ މަޢުލޫމާތު އަވަހަށް ފޯރުކޮށްދިނުމެވެ.

މި މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޓެކްނިކަލް ޤާބިލުކަން އިތުރުކޮށް، މޫސުމާ ގުޅޭ ޑޭޓާ އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު ހަރުދަނާކުރެވޭނެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުމާ ގުޅޭ މަޢުލޫމާތު އެއްކުރާ މަރުކަޒުތައް ޤާއިމުކުރެވޭނެއެވެ.

މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ، ތައްޔާރު މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމާ ގުޅޭ މުހިންމު މަޢުލޫމާތު އަވަހަށް ލިބި، އެކަމަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ޔޫއެންޑީޕީ މޯލްޑިވްސްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside