ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ނެރުނު އޮރެންޖު އިންޒާރު, ރީނދޫ ސަމާލަށް ދަށްކޮށްފި
އަހުމަދު ޝުރާއު
1/3/2025, 7:28:31 PM
--
މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ނެރުނު އޮރެންޖު އިންޒާރު, ރީނދޫ ސަމާލަށް ދަށްކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް މެންދުރުފަހު 15:00 އިން ފެށިގެން މިރޭގެ 23:00 ގެ ނިޔަލަށް އޮރެންޖު އިންޒާރު ނެރެފައި އެވެ. އެ އިންޒާރު ނެރުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށެވެ.
ނަމަވެސް އެއިދާރާއިން މިހާރު ވަނީ އެ އިންޒާރު ރީނދޫ ސަމާލަށް ދަށްކޮށްފައި އެވެ. އެގޮތުން މިރޭގެ 04:00 ގެ ނިޔަލަށް ރީނދޫ ސަމާލު މިހާރު ވަނީ ނެރެފައި އެވެ. ރީނދޫ ސަމާލުގެ މުައްދަތުގައި ބ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުމުގެ އިތުރުން ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ސްރީ ލަންކާގެ އިރުދެކުނުގަިއ އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެކެވެ.