logoEN
Sto top
ގުރައިދޫއަށްވެސް ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް: ފެން ހިންދަން ސިފައިންގެ ޓީމެއް އެރަށަށް!

ގުރައިދޫއަށްވެސް ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް: ފެން ހިންދަން ސިފައިންގެ ޓީމެއް އެރަށަށް!

އަހުމަދު ޝުރާއު

logo

1/3/2025, 2:24:57 PM

# މޫސުމީ ވިއްސާރަ 2025

--

ރާއްޖެައަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކ ގުރައިދޫއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

Wamco

އެރަށުން ގާފު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އެރަށަށް ކުރަމުންދާ ވިއްސާރާގައި މުޅި ރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެފައިވާ ކަމަށާއި ގިނަ ސަރަހައްދުތަކުގައި ފެންގަނޑު ހުރީ އެއް ފޫޓަށްވުރެ މަތީގައި ކަމަށެވެ. އަދި އެރަށުގެ ގިނަ ގެތަކަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ މައުލޫމާތު ދެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ , އެންޑީއެމްއޭއިން މައުލޫމާތު ދޭގޮތުގައި ވިއްސާރާގައި އެރަށުގެ 60 އަށްވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބުނު ކަމުގެ ރިޕޯޓު ވަނީ ލިބިފައި އެވެ.

އެރަށުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑުގެ ސިފައިން މިހާރު ވަނީ އެރަށަށް ގޮސްފައެވެ. އަދި ފެން ހިންދުމަށް ޕަމްޕު ޖަހައިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވެ ބޯވާރެއާއި އެކު ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެ ތެރެއަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ އޮރެންޖު އިންޒާރު ނެރެފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside